ދިވެހި ފިލްމް “މިކޮއެ ބައްޕަ ބައޭ ބައޭ” ރިލީޒްކޮށްފި

ޑާރކްރެއިން އެންޓަޓެއިންމެންޓްގެ ސަސްޕެންސް/ތްރިލަރ ފިލްމު “މިކޮއެ ބައްޕަ ބައޭ ބައޭ” ރޭ ރިލީޒްކޮށްފިއެވެ.
ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓެއްގެ ސަބަބުން ” ޕޯސްޓް ޓްރޯމެޓިކް އެމްނީޒިއާ” ގެ ޝިކާރައަކަށްވެފައިވާ ބައްޕަ އަކާ،އޭނާގެ ފަރާތުން ތުއްތު ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބުނަނުދޭން ކޮންމެ ކަމެއްވެސް ކުރުމަށް ތައްޔާރަށް ހުރި މަންމައެއްގެ ވާހަކަ ގެނެސްދޭ މިފިލްމު އަންނަ ހުކުރު ދުވަހުގެ ރެޔާއި ހަމައަށް ދެއްކުމަށް ވަނީ ހިމަޖެހިފައެވެ.
މި ފިލްމުގެ ލީޑް ރޯލުތަކުން ފެނިގެންދަނީ ރިޝްމީ ރަމީޒް އަދި މުޙައްމަދު މަނިކެވެ. މީގެ އިތުރުން މި ފިލްމުން ކޮއްޔަ ޙަސަން މަނިކާއި އަލީ ވަޙީދުވެސް ފެނިގެންދާނެއެވެ.
މަހުދީ އަޙުމަދުގެ ސްކްރީން ޕްލޭއަކަށް ރަވީ ފާރޫޤް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ބެލުންތެރިންގެ ފަރާރުން ލިބެމުންދާ ތަރުހީބާމެދު ހިތްހަމަޖެހޭ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު އަލީ (މޮގަރ) ވަނީ ވަގުތު ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ މުހައްމަދު އިކްރާމެވެ.
Previous
Next Post »