ކާމިޔާބު ފިލްމްތަކެއް އުފައްދާފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓް (ޑީއާރްއީ)ގެ އާ ފިލްމެއް އަނެއްކާ ވެސް ރިލީޒްކޮށްފި
އެވެ.
ޑީއާރްއީގެ މިފަހަރުގެ ފިލްމުގެ ނަމަކީ "މިކޮއެ ބައްޕަ ބައޭ ބައޭ" އެވެ.
އޮލިމްޕަހުގައި ރޭ އެޅުވި މި ފިލްމަކީ އާންމުކޮށް ނެރޭ ދިވެހި ފިލްމްތަކާއި ތަފާތު ފިލްމެކެވެ. މުޅި ފިލްމު ނަގާފައިވަނީ އެއް ސެޓެއްގަ އެވެ. އެކަމަކު ފިލްމަކުން ފޫހިކަމެއް ނުފެނެ އެވެ.
ޑީއާރްއީ އިން ބުނީ ކުރިއަށް އޮތް ހުކުރު ދުވަހުގެ ނިޔަލަށް މި ފިލްމު އޮލިމްޕަހުގައި ދައްކާނެ ކަމަށެވެ.
މި ފިލްމުގައި ފެނިގެން ދަނީ ނުރައްކާތެރި އެކްސިޑެންޓަކަށްފަހު ހަނދާނުގެ މައްސަލައެއް ދިމާވެފައިވާ ބައްޕައެއްގެ ދިރިއުޅުމާއި އެކަމާއި ގުޅިގެން އޭނާގެ ދަރިފުޅަށް ދިމާވެދާނެ ކަމަކުން އެ ދަރިފުޅު ސަލާމަތް ކުރަން މަންމަ ކުރާ މަސައްކަތްތަކެކެވެ.
މި ފިލްމުގެ ޕްރޮޑިއުސަ މުހައްމަދު އަލީ (މޮގާ) ހުރީ ފިލްމް ރިލީޒްވުމާ އެކު ހިތްހަމަޖެހިފަ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ފިލްމުގެ މަސައްކަތް ފެށުމާއި އަދި ރިލީޒް ކުރުމާއި ހަމައަށް ވެސް ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށްވާތީ ފިލްމް ކާމިޔާބުވާނެ އެވެ.
"މިފިލްމާ ދޭތެރޭ އަޅުގަނޑު ހިތްހަމަޖެހޭ. އަދި ވީހާވެސް ގިނަ ބަޔަކު މި ފިލްމް ބަލާނެ ކަމަށްވެސް އުއްމީދުކުރަން،" ތަފާތު ފިލްމްތަކެއް އުފައްދާފައިވާ ޕްރޮޑިއުސަރު ބުންޏެވެ.
މިކޮއެ ބައްޕަ ބައޭ ބައޭގެ ލީޑް ރޯލްތައް ކުޅެފައިވަނީ އައިޝަތު ރިޝްމީއާއި މުހައްމަދު މަނިކު އެވެ. މީގެ އިތުުރުން މި ފިލްމުގައި ހަސަން މަނިކު އާއި އަލީ ވަހީދުގެ ވެސް ހުނަރު ފެނިގެންދެ އެވެ.
މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ކުރިއަރަމުން އަންނަ ހުނަރުވެރި ޑައިރެކްޓަރު ރަވީ ފާރޫގު އެވެ.

ConversionConversion EmoticonEmoticon