ޑާކްރެއިން އެންޓަޓެއިންމެންޓުގެ ސަސްޕެންޝަން/ތްރިލާރ ފިލްމު ކަމުގައިވާ “މިކޮއި ބައްޕަ ބައޭ ބައޭ” މިރޭ ރިލީޒް ކޮށްފި
އެވެ.
ފިލްމު ރިލީޒް ކުރިއިރު އެއްވެސް ކަހަލަ ބޮޑު ހަފްލާއެއް ނުބޭއްވިޔަސްވެސް ފިލްމަށް ލިބެމުންދާ ތަރުހީބާއި ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު އަލީ (މޮގަރ) ބުންޏެވެ. މޮގަރ ބުނީ ޑާރކްރެއިން އެންޓަރޓެއިންމެންޓްގެ ކޮންމެ އުފެއްދުމަކާއި މެދުވެސް އޭނާ ވަރަށް ފަޚުރުވެރިވާ ކަމަށެވެ.
މިރޭ ރިލީޒް ކުރި މި ފިލްމު، އަންނަ ހުކުރު ދުވަހުގެ ރެޔާއި ހަމައަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ޑާރކް ރެއިން އެންޓަރޓެއިންމަންޓުން ގެނެސްދޭ މިފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ މުޙައްމަދު މަނިކު އާއި ރިޝްމީ ރަމީޒްއެވެ. އަދި މިދެފަންނާނުންގެ އިތުރުން މިފިލްމުން ފެނިގެންދާނީ ކޮއްޔަ ޙަސަން މަނިކާއި، އަލީ ވަޙީދުއެވެ. މަހުދީ އަޙުމަދުގެ ސްކްރީން ޕްލޭއަކަށް ރަވީ ފާރޫޤް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ މިޔުޒިކް ތައްޔާރު ކޮށްދީފައިވަނީ މުހައްމަދު އިކްރާމެވެ.
ޑާރކް ރެއިން އެންޓަރޓެއިންމަންޓުގެ ކޮންމެ ފިލްމަކީވެސް ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

ConversionConversion EmoticonEmoticon