މިފަހަރު ޑާކްރެއިން ގެނެސްދެނީ "މިކޮއެ ބައްޕަ ބައޭ ބައޭ"

ޑާކްރެއިން އެންޓެއެއިންމެންޓްގެ ފިލްމް "އެންމެފަހު ވިންދާ ޖެހެންދެން" ގެ ކާމިޔާބު ޝޯތަކަކަށްފަހު އެ ސްޓޫޑިއޯގެ އެހެން
ފިލްމެއް ސްކްރީނަށް އަންނަން ތައްޔާރުވެއްޖެއެވެ. މިފަހަރުގެ ފިލްމްގެ ނަންވެސް ވަރަށްވެސް ތަފާތެވެ.

މީގެ އަހަރުތަކެއް ކުރިން އެ ސްޑޫޓިއޯ އިން ފެށި "މިކޮއެ ބައްޕަ ބައޭ ބައޭ" ފިލްމް ނިމި ސްކްރީނަށް އަންނަނީ އޮގަސްޓްމަހުގެ 12 ގައެވެ.

ތަފާތު ފިލްމްތައް ގެނެސްދީފައިވާ ޑާކްރެއިން މިފަހަރު ގެނެސްދޭނީ ސަސްޕެންސް/ތްރިލާ ފިލްމެކެވެ.


"މިކޮއެ ބައްޕަ ބައޭ ބައޭ" ފިލްމްގެ ޝޫޓިންގްގެ ތެރެެއިން" ފޮޓޯ "މިކޮއެ ބައްޕަ ބައޭ ބައޭ" ފޭސްބުކް ޕޭޖް

މަހުދީ އަހުމަދުގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކޮށްފައިވާ ފިލްމް ޑައިރެކްޓްކޮށްދެނީ ރަވީ ފާރޫގެވެ. ފިލްމް ޕްރޮޑިއުސްކޮށްފައިވަނީ މުހައްމަދު އަލީ (މޮގާ) އެވެ.

ފިލްމުން ފެނިގެންދާނީ މުހައްމަދު މަނިކު އާއި އައިޝަތު ރިޝްމީ އާއި ހަސަން މަނިކު (ކޮއްޔަ ހަސަން) އާއި އަލީ ވަހީދެވެ.

ފިލްމުން ފެނިގެންދާނީ ދިމާވި ހާދިސާއަކާއި ގުޅިގެން ހަނދާންނެތޭ ބަލި ޖެހިފައިވާ ބައްޕައެއްގެ ކިބައިން ދަރިފުޅު ސަލާމަތްކުރުމަށް ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ހުރި މަންމައަކަށް ކުރިމަތިވާ ގޮންޖެހުންތަކެވެ.

"މިކޮއެ ބައްޕަ ބައޭ ބައޭ" ގެ ޓިކެޓް ވިއްކާ ތާރީހް އަދި އިއުލާނެއް ނުކުރެއެވެ.


"މިކޮއެ ބައްޕަ ބައޭ ބައޭ" ފިލްމްގެ ޝޫޓިންގްގެ ތެރެެއިން" ފޮޓޯ "މިކޮއެ ބައްޕަ ބައޭ ބައޭ" ފޭސްބުކް ޕޭޖް


Previous
Next Post »