ދިވެހިންނަށް މޮޅު ފިލްމެއް ނެހެދޭނެއޭ ނުބުނާށެވެ. ދިވެހި ސިނަމާ ފެންވަރު ރަނގަޅު ހިސާބަކަށް ގެންދެވިދާނެކަން ރަވީ ފާރޫގާއި
މަހުދީ އަހުމަދުގެ ޓީމުން އަނެއްކާވެސް ސާބިތުކޮށްދީފި އެވެ. އޮލިމްޕަހުގައި ރޭ ޕްރިމިއާކުރި "މިކޮއެ ބައްޕަ ބައޭ ބައޭ" ނުވަތަ އެމްބީބީބީއަކީ ހުރިހާ ގޮތަކުން ބަލާއިރު ވެސް ފެންވަރު ރަނގަޅު، ޝައުގުވެރި ފިލްމެކެވެ.
މިއީ އެއް ސެޓިންއެއްގައި ދެ ކެރެކްޓާ ބޭނުންކޮށްގެން ރަވީ އާއި މަހުދީ އުފައްދާ ޓްރިލޮޖީގެ ދެ ވަނަ ފިލްމެވެ. އެކަމަކު "އެމްބީބީބީ"އަކީ 2013ގައި ރިލީޒްކުރި "އިނގިލީ"ގެ ދެވަނަ ބައެއް ނޫނެވެ. މިއީ މުޅިން އެހެން ވާހަކައެކެވެ.
ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ފިލްމުގެ ކެޓަގަރީން ތިންވަނަ (ލޯ މެޑަލް) ލިބި، ފެސްޓިވަލްގެ އެންމެ މޮޅު އެކްޓަރަކަށް އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ހޮވުނު ފަޚުރުވެރި "އިނގިލި"އާ "އެމްބީބީބީ" ވަރަށް އެއްގޮތެވެ. އެކަމަކު ވަރަށް ތަފާތު ވެސް މެ އެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓްގެ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ "އެމްބީބީބީ" ގައި ދައްކަނީ ދަރިއެއްގެ ހައްގުގައި މަޔަކު ވާ އާދަޔާހިލާފު ގުރުބާނީ އެކެވެ. މަހުދީގެ ސްކްރީންޕްލޭއަކަށް، ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ މި ތްރިލާގެ މުހިންމު ތަރިންނަކީ ރިޝްމީ ރަމީޒު އާއި މުހައްމަދު މަނިކެވެ. އަދި ކޮއްޔަ ހަސަން މަނިކާއި އަލީ ވަހީދު ވެސް ދެ ރޯލެއް އަދާކުރެ އެވެ.
"އެމްބީބީބީ" އަކީ ކޮންމެހެން ވެސް ބަލަން ޖެހޭ ފިލްމެކެވެ. އޭގެ ސަބަބުތައް ބައިވަރެވެ. އެންމެ ބޮޑަށް، ރިޝްމީ އާއި މަނިކުގެ އެކްޓިން އެވެ. ގިނަ ރޯލްތަކަކުން ފެނިފައިވާ ދެ ތަރިން މީގެ ކުރިން މި ފެންވަރުގެ ޕާފޯމެންސެއް ދައްކާފައެއް ނެތެވެ. ހާއްސަކޮށް ރިޝްމީ އޭނާގެ ކެރެކްޓާ ތަމްސީލުކޮށްދީފައިވާލެއް އާދަޔާހިލާފަށް މޮޅެވެ. އެ ކެރެކްޓާގެ އެންމެ ފުންމިނަށް އޭނާ ފީނައިގެން ދެ އެވެ.
އެންމެ ސެޓިންއެއް ދެއްކިޔަސް، އަދި ފިލްމުގެ ބޮޑު ބައިގައި ހަމައެކަނި މަނިކާއި ރިޝްމީ ފެނުނަސް، ޝައުގުވެރިކަން ހިފެހެއްޓުމުގައި "އެމްބީބީބީ"ގެ އުނި ތަންކޮޅެއް ނެތެވެ. އާއްމު މައުލޫތަކެއް ހިމެނޭ ވާހަކައަކަށް ވިޔަސް، ހުށަހަޅައިދީފައި ވަނީ ވަރަށް ތާޒާ އޭންގަލްތަކަކުންނެވެ. މަޑުމަޑުން ނިއުޅަމުން ގޮސް އެންމެ ފަހު ވަގުތު ވާހަކައިގެ އެންމެ ފުންމިނަށް ދާ އިރު، ފޫހިކަމެއް އިހުސާސެއް ނުވެ އެވެ. ބޭކާރު ޑައިލޮގްތަކެއް، ބޭކާރު މަންޒަރުތަކެއް ނެތެވެ. ފިލްމުގެ ދިގުމިން ބަރާބަރެވެ.
މިއީ އާއްމުކޮށް ދިވެހި ފިލްމްތައް ހުންނަ ތައްގަނޑާ "އެމްބީބީބީ" ތަފާތުކަން އެނގޭ ސަބަބުތަކެވެ. އެ ތަފާތު ގެނެސްދިނީ ރިޝްމީ އާއި މަނިކުގެ އެކްޓިން އާއި މަހުދީގެ ސްކްރީންޕްލޭ އާއި ރަވީގެ ޑައިރެކްޝަނާއި އެޑިޓިން އަދި އަލި ޝިފާއުގެ ވީޑިއޮގްރަފީ އާއި މުހައްމަދު އިކްރާމްގެ މިއުޒިކެވެ.
"އެމްބީބީބީ" އަކީ ދިވެހި ސިނަމާގެ "ޓިޕިކަލް" އޯޑިއެންސް ބަލައިލަން އެހާ ޝައުގުވެރި ނުވެދާނެ ފިލްމެކެވެ. ރޮއެރޮއެފައި ބޭކާރު އެތައް ވާހަކަތަކެއް ދައްކާ ދިގު މަންޒަރުތަކެއް ވެސް، އަދި ލަވަތަކެއް ވެސް މި ފިލްމަކު ނެތެވެ. އެކަމަކު "އެމްބީބީބީ"ގައި ހުށަހަޅައިދީފައި ވަނީ އާއްމު އޯޑިއެންސަށް ވެސް ކަމުދާނެ ވާހަކައެކެވެ. ފަހަރެއްގައި، ވިޔަފާރީގެ ގޮތުން ބޮޑު ފްލޮޕަކަށްވި "އިނގިލި" އާއި "އެމްބީބީބީ"ގެ އެންމެ ބޮޑު ތަފާތަކީ އެއީ އެވެ.
މިއީ "މިކޮއެ ބައްޕަ ބައޭ، ބައޭ"ގެ ރިވިއުއެއް ނޫނެވެ. އެކަމަކު ފިލްމު ބަލަން ލޯބިކުރާ މީހެއްގެ ގޮތުން، އެ ފިލްމާ މެދު އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުއޫރުތައް ފާޅުކޮށްފައިވާ ޓްރިބިއުޓެކެވެ.

ފިލްމުގެ މަންޒަރެއް ނެގުމުގެ ކުރިން ޑައިރެކްޓަރު ރަވީ ފާރޫގް އޭނާގެ އެކްޓަރުންނަށް އިރުޝާދު ދެނީ. --ފޮޓޯ: އެމްބީބީބީ ފޭސްބުކް ޕޭޖް
"އެމްބީބީބީ" އަކީ ކޮންމެހެން ވެސް ބަލަން ޖެހޭ ފިލްމެކެވެ. އޭގެ ސަބަބުތައް ބައިވަރެވެ. އެންމެ ބޮޑަށް، ރިޝްމީ އާއި މަނިކުގެ އެކްޓިން އެވެ. ގިނަ ރޯލްތަކަކުން ފެނިފައިވާ ދެ ތަރިން މީގެ ކުރިން މި ފެންވަރުގެ ޕާފޯމެންސެއް ދައްކާފައެއް ނެތެވެ. ހާއްސަކޮށް ރިޝްމީ އޭނާގެ ކެރެކްޓާ ތަމްސީލުކޮށްދީފައިވާލެއް އާދަޔާހިލާފަށް މޮޅެވެ. އެ ކެރެކްޓާގެ އެންމެ ފުންމިނަށް އޭނާ ފީނައިގެން ދެ އެވެ.
"މިކޮއެ ބައްޕަ ބައޭ ބައޭ"ގައި ރިޝްމީ އާއި މަނިކު
އެންމެ ސެޓިންއެއް ދެއްކިޔަސް، އަދި ފިލްމުގެ ބޮޑު ބައިގައި ހަމައެކަނި މަނިކާއި ރިޝްމީ ފެނުނަސް، ޝައުގުވެރިކަން ހިފެހެއްޓުމުގައި "އެމްބީބީބީ"ގެ އުނި ތަންކޮޅެއް ނެތެވެ. އާއްމު މައުލޫތަކެއް ހިމެނޭ ވާހަކައަކަށް ވިޔަސް، ހުށަހަޅައިދީފައި ވަނީ ވަރަށް ތާޒާ އޭންގަލްތަކަކުންނެވެ. މަޑުމަޑުން ނިއުޅަމުން ގޮސް އެންމެ ފަހު ވަގުތު ވާހަކައިގެ އެންމެ ފުންމިނަށް ދާ އިރު، ފޫހިކަމެއް އިހުސާސެއް ނުވެ އެވެ. ބޭކާރު ޑައިލޮގްތަކެއް، ބޭކާރު މަންޒަރުތަކެއް ނެތެވެ. ފިލްމުގެ ދިގުމިން ބަރާބަރެވެ.
މިއީ އާއްމުކޮށް ދިވެހި ފިލްމްތައް ހުންނަ ތައްގަނޑާ "އެމްބީބީބީ" ތަފާތުކަން އެނގޭ ސަބަބުތަކެވެ. އެ ތަފާތު ގެނެސްދިނީ ރިޝްމީ އާއި މަނިކުގެ އެކްޓިން އާއި މަހުދީގެ ސްކްރީންޕްލޭ އާއި ރަވީގެ ޑައިރެކްޝަނާއި އެޑިޓިން އަދި އަލި ޝިފާއުގެ ވީޑިއޮގްރަފީ އާއި މުހައްމަދު އިކްރާމްގެ މިއުޒިކެވެ.
"އެމްބީބީބީ" އަކީ ދިވެހި ސިނަމާގެ "ޓިޕިކަލް" އޯޑިއެންސް ބަލައިލަން އެހާ ޝައުގުވެރި ނުވެދާނެ ފިލްމެކެވެ. ރޮއެރޮއެފައި ބޭކާރު އެތައް ވާހަކަތަކެއް ދައްކާ ދިގު މަންޒަރުތަކެއް ވެސް، އަދި ލަވަތަކެއް ވެސް މި ފިލްމަކު ނެތެވެ. އެކަމަކު "އެމްބީބީބީ"ގައި ހުށަހަޅައިދީފައި ވަނީ އާއްމު އޯޑިއެންސަށް ވެސް ކަމުދާނެ ވާހަކައެކެވެ. ފަހަރެއްގައި، ވިޔަފާރީގެ ގޮތުން ބޮޑު ފްލޮޕަކަށްވި "އިނގިލި" އާއި "އެމްބީބީބީ"ގެ އެންމެ ބޮޑު ތަފާތަކީ އެއީ އެވެ.
މިއީ "މިކޮއެ ބައްޕަ ބައޭ، ބައޭ"ގެ ރިވިއުއެއް ނޫނެވެ. އެކަމަކު ފިލްމު ބަލަން ލޯބިކުރާ މީހެއްގެ ގޮތުން، އެ ފިލްމާ މެދު އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުއޫރުތައް ފާޅުކޮށްފައިވާ ޓްރިބިއުޓެކެވެ.

ConversionConversion EmoticonEmoticon